ޚަބަރު

ފުލުހުންގެ މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒު


  • މި މާހެފުމުގައި އެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި

ރަމަޟާންމަހަށް މަރުހަބާކިއުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މާހެފުން ބާއްވައިފިއެވެ.

އިސްކަންދަރުބިލްޑިންގގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އިސްކަންދަރު ބިލްޑިންގް ގައި ބޭއްވި މި މާހިފުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ދައުލަތުގެ އެކި ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި، އެހެނިހެން ރޭންކުތަކުގެ ފުލުހުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވެސް މި މާހެފުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.