ޚަބަރު

ފަސް ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުން އައްޔަންކުރުން ދިރާސާކުރުމަށް ކޮމިޓީއަށް


  • ސަފީރުން ކަނޑައަޅާފައިވަނީ ބުރުނާއީ، ލަގްޒަމްބާރގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށް

  • ނޮން-ރެސިޑެންޓު ސަފީރުން ދާއިމީކޮށް އެޤައުމުގައި ނުތިއްބަވާނެ

ދިވެހިރާއްޖެއިން ބޭރުގެ 5 ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ބުރުނާއީ، ލަގްޒަމްބާރގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށެވެ.

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅާފައިވާ ގޮތުގެ ތަފްސީލު

- ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، ބުރުނާއީއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
- ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ލަގްޒަމްބާރގް އަދި ނެދަލޭންޑްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
- ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، ފްރާންސަށް ކަނޑައަޅާ ނޮން- ރެޒިޑަންޓް ސަފީރުކަމަށް
- ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު، އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.

ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚަރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.