ޔޫރަޕުގައި ރަޖިސްޓަރީކުރެވިފައިވާ މަތިންދާ ބޯޓުތައް މަރާމާތުކުރުމަށް ބޭނުންވާ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ޕާޓް-145 ސެޓްފިކެޓް ޤައުމީ އެއަރލައިން ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަނަށް ލިބިއްޖެއެވެ. ޤައުމީ އެއަރލައިނުނުން ވަނީ މިއީ އެކުންފުންޏަށް ލިބިގެންދިޔަ ފާހަގަކުރެވޭ ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.
ޕާޓް-145 އަކީ މަތިންދާ ބޯޓުގެ މަރާމާތުކުރުމުގެ ކަންކަން ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ އޮނިގަނޑެކެވެ. މި ސެޓްފިކެޓް ދުނިޔޭގެ ދުނިޔޭގެ ވައިގެ އެކި ޤައުމުތަކުގެ ވައިގެ އުދުހުންތަކާއި ބެހޭ އިދާރާތަކުން ދެއެވެ. މީގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓުތަކުގެ ގޮތުގައި އެންމެ ގިނަ ބަޔަކު ބަލައިގަންނަނީ އެމެރިކަގާ ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ގެ ސެޓްފިކެޓާއި، ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިޔާސާ) ސެޓްފިކެޓެވެ.
އައިލެންޑް އެވިއޭޝަންގެ އިންޖިނިއަރުން ވަނީ އިޔާސާ ހިމެނޭހެން ބައިނަލްއަޤްވަމީ ވައިގެ ދަތުރުފަތުރާބެހޭ 12 އިދާރާއަކުން މަތިންދާ ބޯޓު މަރާމާތުކުރުމުގެ ސެޓިފިކޭޝަން ހާސިލްކޮށްފައެވެ.
Congratulations to @MaldivianAero on achieving the EASA Part 145 approval certification—the first time for such a historic milestone in aviation maintenance for the Maldives!
— Mohamed Ameen (@ameen3d) February 13, 2025
This achievement, expedited under Prez Dr. @MMuizzu ’s national airline reform and modernisation agenda,… https://t.co/c5NHboK4Ju
އައިލެންޑް އޭވިއޭޝަނަށް އިޔާސާ ޕާޓް-145 ސެޓްފިކެޓް ލިބުމާއި ގުޅިގެން ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. މިކަމާއި ގުޅިގެން ވަޒީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ އެވިއޭޝަން މެއިންޓެނެންސް ޚިދުމަތުގެ ދާއިރާއަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެކަން އަވަސް ވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޤައުމީ އެއަރލައިން ޒަމާނީކޮށް ބާރުވެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިޔާސާ ސެޓްފިކެޓް ލިބުމާއެކު އައިލެންޑް އެވިއޭޝަންގެ އިންޖިނިއަރުންނަށް ޔޫރަޕުގައި ރެޖިސްޓްރީކޮށްފައިވާ މަތިންދާ ބޯޓުތަކަށް ޚިދުމަތް ދެވޭނެއެވެ. މިހާރުވެސް ވެލާނާ އެއަރޕޯޓަށް ޖައްސާ ގިނަ އެއަރލައިންތަކަށް މޯލްޑިވިއަންގެ އިންޖިނިއަރުން ޚިދުމަތްދޭކަން ފާހަގަކޮށް އެކުންފުނިން ވިދާޅުވީ އިއާސާ ސެޓްފިކެޓާއެކު އިތުރު އެއަރލައިންތަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
Thrilled to announce that IASL has successfully obtained the EASA Part 145 approval certificate, marking a major milestone in our maintenance capabilities and making us the first EASA Part 145 holder in the Maldives! ✈️ #IASL #MaldivianAero #EASA145
— IASLaero (@IASLaero) February 13, 2025
🔗: https://t.co/CYcHfaP2df pic.twitter.com/gKdUCjKVDz
މިކަމާއި ގުޅޭގޮތުން އެކުންފުނީ ޑިރެކްޓަރ އޮފް އިންޖިނިއަރިންގ އޮޕަރޭޝަން މުޙައްމަދު ހަސަން ވިދާޅުވީ، މި ސެޓްފިކޭޝަންގެ ސަބަބުން އެއަރލައިތަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްދެވި، އޮޕަރޭޝަންތަކުގައި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމަށް، މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ޤައުމީ އެއަރލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދި މި ދައިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދިޔަ ފަހި ފުރުޞަތެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
އައިލެންޑް އެވިއޭޝަނުގެ މުވައްޒަފުންނަށް މިހާރުވެސް ރާއްޖެއަށް ދަތުރުކުރާ ގިނަ މަތިންދާބޯޓުތަކުގެ މެއިންޓެނެންސް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވެއެވެ. އޭގެ ތެރޭގައި އެއަރބަސްގެ ބޮޑެތި ބޯޓުތަކަށާއި، ބޮއިންގ 777 އަދި 787 ފަދަ ފަދަ ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީގައި ބޭނުންކުރާ ޓެކްނަމް ބޯޓުތަކާއި މިހާރު އެތެރޭގައި އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް އަދި އޭޓީއާރް މަތިންދާ ބޯޓުތައްވެސް މަރާމާތު ކުރެވެއެވެ.
އައިލޭންޑް އެވިއޭޝަނުން މިހާރުވެސް 30އަށް ވުރެ ގިނަ އެއަރލައިނަށް ޚިދުމަތްދެއެވެ. އައިލޭންޑް އެވިއޭޝަނަކީ މި ސެޓްފިކޭޓް ލިބުނު ރާއްޖޭގެ ފުރަތަމަ އެއަރލައިނަށްވާއިރު، މީއީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް އަދި އެކުންފުނިން ދެމުންދާ ޚިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ.