ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީ އަޤީލް މަޤާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާކަން ޕީއެސްއެމް ނިއުސްއަށް މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕީސީބީއަށް ހަމްދީ އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ހަމްދީ މަޤާމުން ވަކިކޮށްފައިވާއިރު، ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ވަނީ ފަށްޓަވާފައެވެ.