މިއަދު ނިޔާވި މަޝްހޫރު ލަވަކިއުންތެރިޔާ މުޙަންމަދު މާޖިދު ވަނީ ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދުމުގައި މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މުޙަންމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ތައުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
إِِنَّا لِلَّٰهِ وَإِنَّـا إِلَيْهِ رَاجِعُوْنَ
— Dr Mohamed Muizzu (@MMuizzu) February 12, 2025
ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުޙައްމަދު މާޖިދު (މެޒޯ… pic.twitter.com/pUNByzY7Mp
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޙައްމަދު މާޖިދު ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެޒޯ މުހައްމަދަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައިވެސް މެޒޯ މުހައްމަދު ވަނީ މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މެޒޯ މުޙައްމަދު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ މުޙައްމަދު މާޖިދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މެޒޯ މުހައްމަދުގެ ޢާއިލާއަށް ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި މާތް ﷲ މާޖިދުގެ ފުރާނަ، ޖަންނަތުލް ފިރުދައުސްގައި ލައްވަވާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ނައިބު ރައީސް ދުޢާކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) February 12, 2025
މުޙައްމަދު މާޖިދު (މެޒޯ މުޙައްމަދު) ކްރީމްގެ / ކ.މާލެ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއިއެކުއެވެ. ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ، މާތްﷲ މައްޔިތާގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް… pic.twitter.com/u1kT3UUqgh
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މުޙައްމަދު މާޖިދު ނިޔާވުމާއި ގުޅިގެން ކުރީގެ ބައެއް ރައީސުންވެސް ވަނީ ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާ ވިދާޅުވެފައެވެ. އެ ގޮތުން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވުމާއި ގުޅިގެން ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
ރައީސް ޞާލިހު ވިދާޅުވީ މުޙައްމަދު މާޖިދަކީ ރާއްޖޭގައި މިޔުޒިކާއި ލަވައިގެ ރޮނގުން އަގު ނުުކުރެވޭ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅަދާނަ ފަންނާނެއް ކަމަށެވެ. އަދި މާޖިދުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ރައީސް ޞާލިޙު ދުޢާކުރެއްވިއެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވުމާގުޅިގެން އާއިލާއަށް އިޚުލާސްތެރި ތައުޒިޔާ ދަންނަވަން. މުހައްމަދަކީ ދިވެހިރާއްޖޭގައި މިޔުޒިކާއި ލަވައިގެ ރޮނގުން އަގު ނުުކުރެވޭނެ އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ ކުޅަދާނަ ފަންނާނެއް. މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް…
— Ibrahim Mohamed Solih (@ibusolih) February 12, 2025
މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި ހިއްސާކުރެެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެއް ބޭފުޅާކަމަށެވެ. އެގޮތުން މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އާއްމު މަސައްކަތުގެ ބޮޑު ބައިވެރިއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ މެޒޯ މުހައްމަދަކީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގެ ހިއްސާދާރެއްކަންވެސް ފާހަގަކުރައްވާފައެވެ.
Mezzo Mohamed akee alhuganduge enme gaaiy rahumaiytherin kuren ekakeve. Alhuganduge aanmu masahkathakuge bodu baiveri ekeve. Raajje Democracy ah kuri dhathuruge hihsaa dhaarekeve.
— Mohamed Nasheed (@MohamedNasheed) February 12, 2025
Mohamed ah suvarugeyge mathiveri niumaiy minvaru kuravvaa, aailaa ah keiytherikan dhevvaashi! pic.twitter.com/30fcs6FZkx
މުހައްމަދުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި" ރައީސް ނަޝީދުގެ ޕޯސްޓުގައިވެއެވެ.
މެޒޯ މުހައްމަދު ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ގިނަ އުފެއްދުންތަކެއް އަމިއްލައަށް އުފައްދަވައި، ހުށަހަޅުއްވައި ދެއްވާފައެވެ.
މެޒޯ މުޙައްމަދު ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމައިގެ ޝުޢޫރު ފާޅުކޮށް، ޢާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.