ޚަބަރު

ދެ ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ދިރާސާކުރަން ކޮމިޓީއަށް


  • ކެނެޑާއަށް އެމެރިކާގެ ސަފީރު އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައި

  • މިސްރަށް ސައުދީގެ ސަފީރު އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައި

ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ހުށަހަޅުއްވި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަށް ހުށަހެޅުއްވީ ކެނެޑާ އަދި މިސްރަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމާ ގުޅޭގޮތުން މަޖިލީހުން ދެކޭގޮތެއް ބެއްލެވުމަށެވެ. އެގޮތުން، ކެނެޑާގެ ސަފީރަކަށް މިހާރު އެމެރިކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދު އަދި މިސްރުގެ ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

މިކަމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުއްވޭނީ މަޖިލީހުން ފާސްކުރުމަށްފަހުއެވެ.