ކުޅިވަރު

ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަނީ


ހއ.ދިއްދޫގައި ބައިނަލްއަގުވާމީ ފުޓުބޯޅަދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ހއ.އަތޮޅުގެ ރަށްރަށަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ.ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއގުވާމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

މި ދަނޑުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފަވާކަމަށް ކުޅިވަރު ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ. ދިއްދުއަކީ މިއަތޮޅުގެ އެންމެ ބޮޑެތި ފުޓުބޯޅަ މުބާރާތްތައް ބާއްވަމުން އަންނަ ދެ ރަށުގެ ތެރެއިން އެރަށެވެ.

ދިއްދޫގައި އަންނަނީ އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްލަތީފު އިންތިޒާމްކުރައްވައިގެން ބާއްވަމުން އަންނަ އެއްލަކަ ރުފިޔާގެ ފުޓުބޯޅަ މުބާރާތެއް ވެސް ބާއްވަމުންނެވެ.