ޚަބަރު

މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ކައުންސިލާއެކު ސޮއިކޮށްފި


  • އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ހއ. މާރަންދޫއަށް ކުރެއްވި ދަތުރުފުޅުގައި

  • އެއްބަސްވުމުގައި ސޮއިކުރީ ކައުންސިލްގެ ރައީސް އަދި ބޭންކުގެ ސީއީއޯ

ހއ. މާރަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

ތަކަންދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޖައިލަމް ޙާރޫންއެވެ. އަދި ބޭންކް އޮފް މޯލްޑިވެސް ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

މި ޚިދުމަތް މާރަންދޫގައި ޤާއިމުކުރަނީ، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ. ތަކަންދޫގައި މިވަގުތު ބޭންކިން ޚިދުމަތް ދެނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށޮފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.