ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސުން ފޮނުއްވައިފި


  • އިންޑިއާ ޑިމޮކްރަސީއަށް ކުރި ދަތުރަކީ މިސާލެއްކަމަށް ވަނީ ވިދާޅުވެފައި

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ކުރީގެ ރައީސުން ފޮނުވައިފިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ ޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ދުނިޔޭގެ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއްޤައުމު ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްވެސްވަނީ އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވީ އިންޑިއާއިން ޑިމޮކްރަސީއަށް ކުރި ދަތުރަކީ ޑިމޮކްރަސީގެ ޅަފަތުގައިވާ ރާއްޖެ ފަދަ ޤައުމުތަކަށް ނަމޫނާއެއްކަމަށެވެ.