21 ވަނަ އޭޝިޔާ މީޑިއާ ސަމިޓު އަންނަ މަހު ދިވެހިރާއްޖޭގައި ބޭއްވުމުގެ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މެއިމަހުގެ 11ން 14ށް މިސަމިޓް ކުރިއަށްދާނީ، ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓު ބާއްވާނީ، "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" މިޝިއާރުގެ ދަށުންނެވެ.
އޭޝިޔާ މީޑިއާ ސަމިޓަކ،ީ އޭއައިބީޑީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ. ބްރޯޑްކާސްޓަރުންނާއ،ި އިންޑަސްޓްރީގެ ތަޖުރިބާ ކާރުންނާއ،ި މިދާއިރާގެ ތަޢުލީމީ އަދި ފަންނީ ބޭފުޅުންނާއި، ސިޔާސަތު ހައްދަވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެވަޑައިގެން ކޮންމެ އަހަރަކު ބާއްވާ މިސަމިޓަކީ މީޑިއާ އިންޑަސްޓްރީގެ މުސްތަޤްބަލު ބައްޓަންކޮށް، މުހިއްމު ނިންމުންތަކެއް މަޝްވަރާ ކުރާ މުހިއްމު ބައްދަލުވުމެކެވެ.
އޭޝިޔާ މީޑިއާ ސަމިޓުގެ 20ވަނަ ބައްދަލުވުން ކުރިއަށް ދިޔައީ ކެމްބޯޑިއާގައެވެ. އޭއައިބީޑީގެ ފްލެގްޝިޕް އިވެންޓެއްގެ ގޮތުގައި އޭޝިޔާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ، 2004ވަނަ އަހަރުން ފެށިގެންނެވެ. މިސަމިޓުގެ ތެރެއިން މީޑިއާތަކާއި، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށްޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށް ތަޖުރިބާ ޙިއްސާ ކުރާނެއެވެ.