ޚަބަރު

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވާނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފުލެޓާ ދިމާ ބޭރުން

  • ހަވާ އަރުވާނީ 5 މިނެޓަށް

ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓާއި ދިމާ ބޭރު ސަރަހައްދުގައެވެ. އެގޮތުން މިރޭ 21:30 އިން ފެށިގެން 5 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމް.އެން.ޑީ.އެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.