ސިޔާސީ

ރައީސް ޕީޕީއެމް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕީޕީއެމް ކައުންސިލްގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕީޕީއެމް ކައުންސިލްގެ ބައެއް މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު،

ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މީޑިއާއާ ވާހަކަދައްކަވަމުން ވަނީ، ރައީސް މައުމޫންނަށް ފާޑު ވިދާޅުވެފައެވެ. ޕާރޓީގެ ނާއިބު ރައީސްގެ ބާރުތަކާއި އެބާރުތަކާއި އިޚްތިޔާރުތަކާމެދު ޕާރޓީގެ ރައީސް ގެންގުޅުއްވާ ވިސްނުންފުޅާ ބެހޭގޮތުން ޢަބްދުއްރަޙީމް ވަނީ ވާހަކަ ދައްކަވާފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އެއްވެސް ޙާލެއްގައި ދެބަސްވުމަކަށް ދާން ބޭނުންނުވާ ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ޞުލްޙަވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫން ވަނީ މިއަދު ހަވީރު ޕީޕީއެމް ބައެއް މެމްބަރުންނާއެކުވެސް ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި މިބައްދަލުވުމުގައި ޕާރޓީގެ ރައީސަށް ލަފާ އެރުވުމަށް 7 މެންބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލައްވާފައިވެއެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.