ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓުގެ މަޤާމު ޖެހިޖެހިގެން 6 ވަނަ އަހަރު ރާއްޖޭން ދަމަހައްޓައިފިއެވެ.
"ހެންލީ ޕާސްޕޯޓް އިންޑެކްސް"އިން ދައްކާގޮތުގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 53 ވަނައިގައެވެ.
ވިޒާއާއި ނުލާ ދަތުރުކުރެވޭ ޤައުމުތަކުގެ ނިސްބަތުން، ޤައުމުތަކުގެ ޕާސްޕޯޓު ރޭންކު ކުރުމަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އާއްމުކުރާ "ހެންލީ ޕާސްޕޯޓް އިންޑެކްސް"އިން ދަނީ މަހުން މަހަށް ޕާސްޕޯޓުތައް ރޭންކްކުރަމުންނެވެ. މިއިންޑެކްސްއިން ދައްކާގޮތުގައި ރާއްޖޭގެ ޕާސްޕޯޓުވަނީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތް މަޤާމު އަނެއްކާވެސް ދަމަހައްޓާފައެވެ. ހެންލީ އެންޑް ޕާޓްނަރސްއިން ބަލަހައްޓަމުންދާ 199 ޕާސްޕޯޓުގެ ތެރެއިން ދިވެހި ޕާސްޕޯޓު ހިމެނިފައިވަނީ ރޭންކިންގެ 53 ވަނައިގައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އޮތީ މިލިސްޓުގެ 57 ވަނައިގައެވެ. ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 94 ޤައުމަކަށް ވިޒާއާއި ނުލާ ދަތުރުކުރެވެއެވެ.
The Maldives passport remains South Asia's most powerful travel document, ranking 53rd globally with access to 94 visa-free destinations, continuing its regional dominance for another consecutive year.https://t.co/lTvpIrnpTx#MaldivesImmigration #DhivehiPassport… pic.twitter.com/HbgJliodqc
— Maldives Immigration (@ImmigrationMV) January 13, 2025
އަވައްޓެރި އިންޑިއާ އޮތީ މިލިސްޓުގެ 85 ވަނައިގައެވެ. އަދި ސްރީ ލަންކާ އޮތީ 96 ވަނައިގައެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު ދަމަހައްޓާފައިވަނީ ވިޒާއާ ނުލާ 195 ޤައުމަކަށް ދަތުރުކުރެވޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ހެންލީ އެންޑް ޕާޓްނަރސްއިން، ހެންލީ ޕާސްޕޯޓު އިންޑެކްސް ލިސްޓު އާންމު ކުރަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭގެ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.