ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުރުދުންގެ ރައްޔިތެއް ކަމަށްވާ ރަބީ ހައިތަމް އަހުމަދު ޖުމާހުއާއި ސީރިޔާގެ ރައްޔިތެއްކަމަށްވާ އިމާން ކަރަމާންއެވެ.
މިދެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 2 ބިދޭސީންނަކީވެސް ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުއްދަނެތި ވިޔަފާރީގެ ހަރަކާތްތަކެއް ހިންގަމުން ދިޔަ ދެ މީހުންނެވެ.
މި 2 ބިދޭސީން ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުންވަނީ މިފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗަށް ރިޕޯޓް ކުރަމުން ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
In response to concerns raised by the public, our team has detained two foreign nationals who were found violating tourist visa regulations. The individuals were reportedly engaging in unauthorized business activities while on tourist visa and were found to be illegally residing… pic.twitter.com/bbRwNXm7ND
— Maldives Immigration (@ImmigrationMV) January 6, 2025
ރާއްޖޭގައި ތިބި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުޅި ރާއްޖޭގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ގަވާއިދާ ޚިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީންވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.