ޒަރޫރީ ބޭނުމެއްގައި ނޫނީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުުހުުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުުހުުހުން މިކަމަށް އިލްތިމާސްކުރެއްވީ މާލޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީއެވެ.
ފުލުހުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ކުރިމަތުވަމުންދާކަމަށެވެ. އަދި މަގުތަކުން ފެން ހިނދި ޢާންމު ހާލަތަށް މަގުތައް އަންނަންދެން، ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި، ޒަރޫރީ ބޭނުމަކަށް ނޫނީ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
⚠️⛈ސަމާލު!
— Maldives Police (@PoliceMv) January 3, 2025
މަގުމަތީ ރައްކާތެރިކަމުގެ އެލަރޓް pic.twitter.com/15IbewHdpZ
ފުލުހުން ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ފެންބޮޑުވުމުގެ ސަބަބުން، ސަލާމަތީ ޚިދުމަތްތަކުން ގެންދަވަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ.