ޚަބަރު

އޭސް ހާރޑްވެއަރ އާއި ކަލަރ ބެންކުން ސިފައިންނަށް ޑިސްކައުންޓް


އޭސް ހާރޑްވެއަރ އެންޑް ހޯމް ސެންޓަރާއި ކަލަރ ބޭންކު ފިހާރައިން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭގޮތަށް ހަމަޖައްސަފިއެވެ.

އޭސް ހާރޑްވެއަރ އާއި ކަލަރ ބެންކު ހިންގާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެމްއެންޑީއެފުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މި 2 ފިހާރައިން ސިފައިން ކުރާ ކޮންމެ ވިޔަފާރިތަކުން ޕަވަރ ޓޫލްސްގެ ބާވަތްތައް ފިޔަވައި އެހެން ބާވަތްތަކުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.  

އެމްއެންޑީއެފާއި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމަށް ޑިފެންސް މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑައިރެކްޓްރޭޓް އޮފް ސީ4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޑައިރެކްޓަރ މޭޖަރ އަދުނާނު މުޙައްމަދެވެ. އަދި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހާނީއެވެ.