ޚަބަރު

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޖީދީ މަގުގެ ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


  • މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ބްލޮކްތަކަށް ބަހާލައިގެން

މަޖީދީ މަގުގައި ހުންނަ މާލެ ގްރޭންޑު ކުރިމަތިން މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވާގޮތުގައި މަގު ބަންދުކޮށްފައިވަނީ މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ބްލޮކްތަކަށް ބަހާލައިގެން މި މަސައްކަތް ކުރަން ނިންމާފައިވާއިރު ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދަނީ މަޖީދީމަގުގެ މާލެ ގްރޭންޑް ކުރިމަތީގައި ކަމަށް ވިދާޅުވެއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށެވެ. މިބަދަލުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ކައުންސިލުން ވަނީ މާފަށް އެދިފައެވެ.