ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ބުނެ، ފޮނުވަމުންދަނީ ސައްޙަ ނޫން މެސެޖުތަކެއް ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ހުރިހާ ލިޔެކިޔުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުޞަތު އެވުޒާރާއިން ހުޅުވާލާފައިވާކަމަށް ބުނެ، ލިންކަކާއެކު ފޮނުވަމުންދާ މެސެޖަކީ ސައްޙަ މެސެޖެއްނޫންކަމަށެވެ.
އަދި އެފަދަ މެސެޖުތަކާމެދު ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
🚨ސްކޭމް އެލަރޓް:
— Maldives Police (@PoliceMv) December 22, 2024
ހައުސިންގ މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން.
⚠️ސަމާލުވެލައްވާ ! pic.twitter.com/2oYze8GtJN
މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އެހެން ނަމަވެސް އެ ހާދިސާއާ ގުޅިގެން ގެދޮރުވެރިކަމާއި ގުޅޭ އެއްވެސް ސްކީމެއްގެ ލިޔެކިއުމަކަށް އަސަރުނުކުރާ ކަމުގެ ޔަޤީންކަން ވުޒާރާއިން ވަނީ ދެއްވާފައެވެ.