ކުޅިވަރު

ޕެނަލްޓީގައި ސްވިޒަަލެންޑް ބަލިކޮށް ޕޮލަންޑް ކުއާޓާރ ފައިނަލަށް


ޕެނަލްޓީގައި ސްވިޒަލެންޑްގެ މައްޗަށް ކުރި ހޯދައި ޔޫރޯފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލުން ޕޮލަންޑް ޖާގަ ހޯދައިފިއެވެ. 

ޔޫރޯގެ ދެވަނަބުރުގެ ފުރަތަމަ މެޗުގައި މިރޭ ސްވިޒަލެންޑް އަދި ޕޮލަންޑް ވާދަކުރި މެޗްގެފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ. ފުރަތަމަހާފްގައި ޕޮލަންޑްގެ ޔާކުބް ބްލަޝަކޯސްކީ އެޓީމަށް ލީޑް ނަގައިދިންއިރު، ސްވިޒަލެންނަތިޖާ ހަމަހަމަކުރީ ޝަގީރީގެ ގޯލުންނެވެ. 

އިތުރުވަގުތުގެ ތިރީސް މިނެޓްގައިވެސް ދެޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޮލަންޑްކުރި ހޯދީ ފަހެއް ހަތަރަކުންނެވެ. 

ޕެނަލްޓީ ޝޫޓް އައުޓުގައި ޕޮލަންޑުން އެޓީމުން ޖެހިފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، ސްވިޒަލެންޑަށް ކާމިޔާބުކުރެވުނީ ހަތަރުޕެނަލްޓީއެވެ. މިޑްފިލްޑަރ ޝަކާ ޖެހި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. ސްޓެފެންލިޗްސްޓެއިނަރ، ޒަރްދާން ޝަގީރީ، ރިކާޑޯ ރޮޑްރިގޭޒް އަދި ފަބިއަން ޝާވަނީ އެކުޅުންތެރިން ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. 

މީ ޔޫރޯގެ ތާރީޚްގައި ޕޮލަންޑްމުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.