ޚަބަރު

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓަށް ބަދަލު އަންނާތީ ދުރާލައި ތައްޔާރުވުމަށް މީރާއިން އެދިއްޖެ


  • 1 ޖުލައި 2025 އިން ފެށިގެނ،ް ޓޫރިޒަމް ދާއިރާގެ ޖީ.އެސ.ްޓީ ރޭޓް %17 އަށް ބަދަލުވާނެ

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓަށް ބަދަލު އަންނާތީ ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް ދޭ ފަރާތްތަކުން މިކަމަށް ދުރާލާ ތައްޔާރުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އިލްތިމާސްކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން 1 ޖުލައި 2025 އިން ފެށިގެނ،ް ޓޫރިޒަމް ދާއިރާގެ ޖީ.އެސ.ްޓީ ރޭޓް %17 އަށް ބަދަލުވާނެއެވެ. އެހެންކަމުން މި ތާރީޚުގެ ފަހުން ޖީ.އެސ.ްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖ.ީއެސ.ްޓީ ނަގަންވާނީ އައު ރޭޓުގައިކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

ޖުލައި 1 އިން ފެށިގެން އައު ރޭޓުގައި ޖީ.އެސ.ްޓީ ނެގުމަށްޓަކައ،ި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއ،ި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސ.ްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް
ކަމުގައިވާނަމަ 1 ޖުލައި 2025 ގެ 00:00 ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖ.ީއެސ.ްޓީ ނަގަންވާނީ %16 ގެ ރޭޓުންނެވެ. އަދި 1 ޖުލައި 2025 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖ.ީއެސ.ްޓީ ނަގަންވާނީ %17 ގެ ރޭޓުންކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.