ޚަބަރު

އައު އަހަރުގެ އަޒުމަކަށް ވާންވީ ދިވެހި ބަހަށް ދެވޭ އިސްކަން އިތުރުކުރުމަށް: ވަޒީރު އާދަމް ނަސީރު


  • އަދަބީ މުބާރާތުގައި ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތުގެ އިތުރުން ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފަ

ދިވެހި ބަހާއި ދިވެހިވަންތަކަމަށް އިސްކަންދިނުމަކީ އައު އަހަރުގެ އަޒުމަކަމަށް ހެދުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެދިވަޑައިގެންފިއެވެ.

ވަޒީރު މިހެން ވިދާޅުވީ އަދަބީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންއެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ކޮންމެ އަހަރަކަށްވެސް ކޮންމެ ކުއްޖެއް އެ ކުއްޖަކު ހާސިލުކުރަން ބޭނުންވާކަންކަން ހާސިލްކުރުމަށް އަޒުމް ކަނޑައަޅާކަމަށެވެ. އެގޮތުން އަންނަ އަހަރުވެސް ކޮންމެ ކުއްޖަކުވެސް ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް އަޒުމް ކަނޑައެޅުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ދިވެހި ބަހާއި ދިވެހިވަންތަކަމަށް އިސްކަންދިނުމަކީ އައު އަހަރުގެ އަޒުމަކަމަށް ހެދުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.

ވަޒީރު އާދަމް ނަސީރު ވިދާޅުވީ އަންނަ އަހަރު ކޮންމެ ކުއްޖަކުވެސް ބަހާއި އަދަބިއްޔާތާއި ދިވެހި ވަންތަކަމުގެ ދައިރާއިން ކޮންމެސްކަމެއް އަމިއްލަ ނަފްސުގެ މައްޗައް އިސްކުރުން މުހިންމުކަމަށެވެ. އެގޮތުން ސުކޫލު މާހައުލުގައިޔާއި ރަހުމަތްތެރިންގެ ތެރޭގައި މުއާމަލާތްކުރުން ފަދަ ކަންކަމުގައި މި ދާއިރާތަކުން ބޭނުން ހިފުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައު އަހަރުގެ އަޒުމު ތެރޭގައި ނޯޓްނެގުން މީގެ ފަހުން ދިވެހިބަހަށް ބަދަލުކުރުން. އަޅުގަނޑު މީގެ ފަހުން ނޯޓް ނަގާނީ ދިވެހި ބަހުންނޭ. ދެވަނަ ކަމަކަށް ދިވެހި ބަހުންނޫނީ ވާހަކަ ނުދައްކާނެ ރަހުމަތްތެރިއެއް ބެހެއްޓުން. ބޭނުންވަންޏާ ހުރިހާ ރައްޓެހިންނާވެސް ދިވެހި ބަހުން ވާހަކަ ދެއްކިދާނެ. 3 ވަނަ ކަމަކަށް އެ ކުއްޖަކު ނިސްބަތްވާ ރަށެއްގެ ކަންކަން ހަރު މީހުން ގާތު އަހާގެން ތާރީހު ހޯދުން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރުވަނީ ދަރިވަރުން މަޒުމޫނުތައް ލިޔުމުގައިވެސް އިސްކަންދެވިދާނެ ކަންތައްތައް ފާހަގަކުރައްވާފައެވެ. އެގޮތުން މާމަ ނުވަތަ ކާފަގެ ތަޖުރިބާތަކުގެ ވާހަކަތައް ގެނެސްދިނުން މުހިއްމުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާމަ ދަންނަ ހުނަރެއް، ކައްކަން ދަންނަ އެއްޗެއް، ކާފަ ދަންނަ ހުނަރެއް، ކާފަ ދަތުރުކުރިގޮތް، ކާފަ ދިޔަ ހިސާބު، އަޅުގަނޑުމެންގެ އާއިލާއިން އަޅުގަނޑުގެމެންގެ ވާހަގަތައް ގެނެސްދިނުން މުހިއްމު،" ވަޒީރު ވިދާޅުވިއެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ އުފެއްދުންތެރިކަމުގައި އަބަދުވެސް އާ ހިޔާލުތަކާއި ވިސްނުންތައް ބޭނުންކުރުން މުހިންމުކަމަށްވެސް ވިދާޅުވެފައެވެ.

އަދަބީ މުބާރާތުގައި ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތުގެ އިތުރުން ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައެވެ.
ވަނަވަނައަށް ހޮވިފައިވާ ފަރާތްތަކަކީ:

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް: ސުކޫލުތަކުގެ ބައި

- ދަށު ސާނަވީ ގިންތި: 1 ވަނަ އާއިޝަތު ޒަކާއު ވަސީފު/ ޝަރަފުއްދީން ސުކޫލް
- ސާނަވީ ގިންތި: 1 ވަނަ އާއިޝަތު މަލާކް ޤުސައްޔު/ އާޒީ ސުކޫލް
- މަތީ ސާނަވީ ގިންތި: 1 ވަނަ ޝުއާއު އިސްމާއިލް ޝާން/ އަހްމަދިއްޔާ އިންޓާރނޭޝަނަލް ސުކޫލް

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް - އަމިއްލަ ފަރާއްތަކުގެ ބައި 18 އަހަރުން ދަށުގެ ބައިން 1 ވަނަ

- ހައްވާ ޒާއިން ޒަމީލް/ މ. ސަމޭދާން، މާލެ

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް- އަމިއްލަ ފަރާއްތަކުގެ ބައި 18 އަހަރުން މަތީގެ ބައިން 1 ވަނަ

- ޝިމްލާ އާދަމް/ ޕްލޮރެންސް ގއ. ދާންދޫ

އައްޝައިހް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދަނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް

- ދަށު ސާނަވީ ގިންތި: 1 ވަނަ ފާތިމަތު އަޒްކާ - އަބްދުﷲ / ޖަމާލުއްދީން ސުކޫލް
- ސާނަވީ ގިންތި: 1 ވަނަ ފާތިމަތު ޔަސްމީ ފާއިޒު/ ފުނަދޫ ސުކޫލް
- މަތީ ސާނަވީ ގިންތި: 1 ވަނަ ސާއިބް މިހައްމަދު ޒަހީން / ވިލާ އިންޓާރނޭޝަނަލް ހައި ސުކޫލް

ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް: އަމިއްލަ ފަރާއްތަކުންގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ

- ޝާޔާން އަބްދުﷲ އާމިރު/ ގުލްޒާރުގެ ބ. ތުޅާދޫ

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް- އަމިއްލަ ފަރާއްތަކުންގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން 1ވަނަ

- ރަމްޒީނާ މުހައްމަދު / ރަތްވިލާގެ. ނ. ޅޮހި

ހުތްއަލީ ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 27 ވަނަ މުބާރާތް

- ދަށު ސާނަވީން ގިންތި: 1 ވަނަ ފާތިމަތު މިޝްކާ އަބްދުލްމަޖީދު. ޖަމާލުއްދީން ސުކޫލް
- ސާނަވީ ގިންތި: 1 ވަނަ ފާތިމަތު ސާރާ ނަޒީރު / ޖަމާލުއްދީން ސުކޫލް
- މަތީ ސާނަވީ ގިންތި: 1 ވަނަ ޖުމާނާ ހަމީދު އަލީ / އިހަވަންދޫ ސުކޫލް

މި މުބާރާތުން 18 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހޮވޭ ވަރަށް އެއްވެސް ބައިވެރިއަކަށް މާކްސް ލިބިފައި ނުވޭ
- 18 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނަ އަލީ ނައުފަލް / އޯކިޑްމާގެ ށ. ޅައިމަގު