ޚަބަރު

ގައުމީ ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ހައްވަ އާއި މާޖިދާގެ ޕެއާ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަންގެ އެއްވަނަ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ ހޯދައިފިއެވެ.

ހުޅުމާލެ ޔޫތު ޕާކު ބީޗްވޮލީބޯލް ކޯޓުގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހައްވާ އާއި މާޖިދާގެ ޕެއާ ހޯދީ ފައިނަލުގައި ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާގެ ޕެއާ އާއި ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-18, 21-17 އަދި 15-12 އިންނެވެ.

ފުރަތަމަ ސެޓުގެ ފެށުން ވާދަވެރިކޮށް ދިޔަ ނަމަވެސް ބޮޑުބައި ލީޑުގައި އޮވެ ކުޅުނީ ޒީނިޔާ އާއި އަރީޝާގެ ޕެއާއެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ސެޓުވެސް ކާމިޔާބުކުރީ އެ ޕެއާއެވެ. ނަމަވެސް ޖެހިގެން އަިއ ދެ ސެޓުގައި ހައްވާ އާއި މާޖިދާގެ ޕެއާ ވަނީ ފެންވަރު ދައްކާލާފައެވެ.

ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދާފައިވަނީ އަނާލް އާއި އަލްޔާގެ ޕެއާއެވެ.