ތިމާވެށި

ރާއްޖެއިން ފްެރާންސްއަށް މަރުޙަބާ ކިޔައިފި


މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ އެއްބަސްވުން ފަރަންސޭސިވިލާތުން ތަޞްދީޤުކުރުމާ ގުޅިގެން ރާއްޖެއިން އެކަމަށް މަހުޙަބާ ކިޔައިފިއެވެ.

ކުދި ޤައުމުތަކުގެ އިއްތިޙާދު، "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް"، އެއޯސިސްގެ ރިޔާސަތު ބަލަހައްޓަމުންދާ ޤައުމުގެ ހައިސިއްޔަތުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޕްރިސް އެގްރިމެންޓް އެންމެ ފުރަތަމަ ތަޞްދީޤު ކުރި ޤައުމަކަށް ފަރަންސޭސިވިލާތްވުމުން، އެކަމާއި އުފާކުރައްވާކަމަށެވެ.

ޕެރިސް އެގްރިމަންޓް ފަރަންސޭސިވިލާތުން ތަޞްދީޤު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޤައުމުގެ ރައީސް ހޮލެންޑޭ ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގައި ސޮއިކުރުމަކީ ރަނގަޅުކަމެއް ކަމަށާއި، އަދި އެއްބަސްވުން ތަޞްދީޤުކުރުން އެއަށްވުރެ މާ ރަނގަޅުކަމަށެވެ. އަދި ޔޫރަޕް ޤައުމުތަކުންވެސް މިއަހަރު ނިމުމުގެ ކުރިން އެ އެއްބަސްވުން ތަޞްދީޤު ކުރެއްވުމަށްވެސް ފަރަންސޭސި ރައީސް ވަނީ ގޮވާލައްވާފައެވެ.

"ޕްރިސް އެގްރިމެންޓް އޮން ކްލައިމެޓް ޗޭންޖް"ގައި ދިވެހިރާއްޖެއިން މިދިޔަ އޭޕްރީލް މަހު ވަނީ ސޮއިކޮށް ތަޞްދީޤުކޮށްފައެވެ. 

img:http://s4.psmnews.mv/images/660x400/14613455060417.jpg|އދގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ޕެރިސް އެގްރިމަންޓްގައި ރާއްޖޭގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ސޮއިކުރައްވަނީ

ނިއުޔޯކުގައި ހުންނަ އދ.ގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ އެގްރިމެންޓުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.

ޕެރިސް އެގްރިމެންޓުގައި މިހާތަނަށް 150 އަށް ވުރެ ގިނަ ޤައުމުން ސޮއިކޮށްފައިވާއިރު، މި އެއްބަސްވުން ތަޞްދީޤުކޮށްފައިވަނީ 17 ޤައުމަކުންނެވެ. އެ 17 ޤައުމުގެ ތެރޭގައި ގިނައީ ކުދި އަދި ބިންގަނޑުތިރި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ޤައުމުތަކެވެ.

ޕެރިސް އެއްބަސްވުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކޮޕް 21 ސަމިޓްގައި "ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް"ގައި ހިމެނޭ 196 ޤައުމުން އެއްބަސްވެގެން ފާސްކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުން ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ޤައުމަކުން ބައިވެރިވުމާއެކު، ދުނިޔެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ޙިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެންޖެހެއެވެ.