ކުޅިވަރު

ސްވިޑެން ބަލިކޮށް ދެވަނަ ބުރުގެ ޖާހަ ޔަގީންކުރަން ބޭނުން - ކޮންޓޭ


ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗަށް ނިކުންނައިރު އަމާޒަކީ މި މެޗް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ އެއްވެސް ޕްރެޝަރެއް ނެތި ކާމިޔާބުކުރުންކަމަށް އިޓަލީގެ ކޯޗް އެންޓޮނިއޯ ކޮނެޓޭ ބުނެފިއެވެ. 

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޑެންއާއި ދެކޮޅަށް ކުޅޭ މެޗްގެ ކުރިން ކޮންޓޭ ބުނީ ފުރަތަމަ މެޗާއިއެކު ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ޔަގީންކަމެއް ލިބިއްޖެކަމަށާއި، އިޓަލީގެ ގޭމް ޕްލޭން ބަދަލެއް ނުކުރާނެކަމަށެވެ. 

"ފުރަތަމަ މެޗުގައި ފެންވަރު ދައްކާލެވިއްޖެ. އެ ކުޅުން ތަކުރާރުކުތުން މިހާރު އަޒުމަކީ" ކޮންޓޭ ބުންޏެވެ.

މެޗަށް ނިކުތުމުގެ ކުރިން ސްވިޑެންގެ ކޯޗް އެރިކް ހެމްރެން ބުނީ ޑިފެންސްކުރުމުގައި އިޓަލީގެ ފެންވަރު އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ފެނިއްޖެކަމަށާއި، މެޗް ފަސޭހަ ނުވާނެކަމަށެވެ. މުޅި ޓީމް ބަރޯސާވާ ކުޅުންތެރިޔާ އިބްރަހިމޮވިޗްގެ ފަރާތުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންނޫނީ މެޗުން މޮޅުވުން ފުރުކަމަށް ކޯޗް ބުންޏެވެ.

"އިބްރަހިމޮވިޗް މޮޅު ކުޅުމެއް ދައްކާނެކަމަށް މި އުއްމީދުކުރަނީ، މެޗުން މޮޅުވެވޭނީ އޭނާ ތަފާތު ދައްކައިގެން" ކޯޗް ހެމްރެން ބުންޏެވެ. 

މިރޭގެ މެޗަށް ނިކުންނައިރު ސްވިޑެން ކުޅުނު ފުރަތަމަ މެޗުން އެޓީމްވަނީ އެއްވަރުވެފައެވެ.