ޓުއަރިޒަމް

ބ.ފިނޮޅުގައި ތަރައްޤީކުރި ރިސޯޓް މާދަމާ ހުޅުވަނީ


'އަމިއްލަ ފުށި' ރިސޯޓް ތަރައްޤީކުރި އޮސްޓްރޭލިއާގެ "ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ"ގެ ފަރާތުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓް މާދަމާ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބ. އަތޮޅު ފިނޮޅުގައި ލަގްޒަރީ ބީޗް ކްލަބް ކޮންސެޕްޓަށް ހަދާ މި ރިސޯޓްގައި މޫދު އަދި ބީޗް ވިލާގެ ތަފާތު ހަތް ވަތްތަރެއްގެ ވިލާ ހުންނާނެ ކަމަށާއި ބައެއް ވިލާ ތަކުގައި ޕްރައިވެޓް ޕޫލް ހުންނާނެ ކަމަށް ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ އިން މައުލޫމާތުދެއެވެ. އަދި މުނިފޫހިފިލުވުމާއި ކަސްރަތުކުރުމަށް ހާއްސަ ކަންތައްތަކެއް ހިމަނާފައިވާއިރު ތަފާތު މޫދު ކުޅިވަރުތައްވެސް ތައާރަފްކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. 

ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ އިން މިދިޔަ އަހަރު ފަހުކޮޅު ހުޅުވި އަމިއްލަފުށީގެ ސްވިމިންގ ޕޫލަކީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ސްވިމިންގ ޕޫލް. އަމިއްލަފުށީގައި ބީޗް، ލެގޫން، އޯޝަން ލެގޫން އަދި އޯޝަން ރީފް ވިލާތަކުގެ އިތުރުން ބާރަ މީޓަރުގެ އުސް މިނެއްގައި ހަދާފައިވާ ޓްރީ ހައުސްތައް ހުންމަކަމް ފާހަގަކޮށްލެވެއެވެ.