ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިން ފެން ކަނޑާލައިފި


ހުޅަނގު އައްސޭރީގެ ގިނަ ބަޔަކު ރޯދަމަހު ގަދަ ހޫނާ ހަނގުރާމަ ކުރަމުންދަނިކޮށް ޔަހޫދީ ދައުލަތް، އިސްރާއީލުން ހުޅަނގު އައްސޭރީގެ ބޮޑު ބަޔަކުން ފެން ކަނޑާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަމަ ހުޅަނގު އައްސޭރިއަށް ފެން ފޯރުކޮށްދޭ އިސްރާއީލުގެ އިދާރާ، މެޚްރޫޠުން ހުޅަނގު އައްސޭރީގެ ބޮޑު ބަޔަކުން ފެން ކަނޑާލުމާގުޅިގެން ދިހާހަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފެނަށްޖެހިފައެވެ. ފެނަށް ޖެހުނު ޞަރަޙައްދުތަކުގެ ތެރޭގައި ޖެނީން، ނާބުލްސްގެ އަވަށްތަކާއި، ސަލްފީޠު ސިޓިއާއި, އެސިޓީ ވަށައިގެންވާ ރަށްފުށުގެ ޞަރަޙައްދުތައް ހިމެނެއެވެ.

މިމައްސަލައިގައި "ޕެލަސްޓީނިއަން ހައިޑްރޯލޮޖީ ގްރޫޕުން" ބުނެފައިވަނީ މި ޞަރަޙައްދުތަކަށް ފެންނުލިބޭތާ މިހާރު ސާޅީހަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

tw:https://twitter.com/Palestine_UN/status/742343240163151872

"ފެން ކަނޑާލާފައިވާ ޞަރަޙައްދުތަކުގެ މީހުން މިހާރު ބަރޯސާ ވަނީ ގަންނަ ފެނަށް.މިހާރު އެމީހުން ފެންބޮނީ ފެންލޮރީތަކުން ފެންގަނެގެން،ނުވަތަ ފެން ލިބެން ހުންނަ އެހެން ތަންތަނުން ފެން ހޯދައިގެން. ދުވާލަކަށް މީހަކަށް އެންމެ އަސާސީ ބޭނުންތަކައް ދުވާލަކަށް އެކަނިވެސް އެވްރެޖްކޮށް 7.5 ލީޓަރުގެ ފެންބޭނުންވާނެ. އެހެންނަމަވެސް މިހާރު މުޅި އާއިލައެއް އެބައުޅޭ ދޭއް ނުވަތަ 3 ލީޓަރުގެ ފެން. ނުވަތަ 10 ލީޓަރުގެ ފެން." އައިމަން ރާބީ،އެކްޒެކެޓިވް ޑިރެކްޓަރ ވިދާޅުވިއެވެ.

tw:https://twitter.com/Palestine_UN/status/741595752443613184

އިސްރާއީލުން ފެން ކަނޑާލާފައިވާއިރު ހުޅަނގު އައްސޭރީގެ ފިނި ހޫނު މިނަކީ، 35 ޑިގްރީ ސެލްސިއަސްއެވެ. ފެންކަނޑާލާފައިވާ ޖެނީންގެ މޭޔަރު ރާޣިބް އަލް-ޙައްޖު ޙަސަން ވިދާޅުވީ، ފެން ކަނޑާލާފައިވަނީ ދުރާލާ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ.

" މިއޮތްފަދަ ރަމަޟާންމަހު ހުޅަނގު އައްސޭރީގެ ރައްޔިތުން އެދަނީ ގަދަ އަތްވާ ހަނގުރާމަކުރަމުން. އިސްރާއީލުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ. އިސްރާއީލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ މެޚްރާތުން ހުޅަނގު އައްސޭރީގެ އުތުރުގެ ޞަރަޙައްދަށް ފެން ފޯރުކޮށްދޭން ޖެހޭނެ" މޭޔަރު ރާޣިބް އަލް-ޙައްޖު ޙަސަން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14660096118408.jpg|ފަލަސްތީނުގެ ކުޑަކުދިންތަކެއް- އިސްރާއީލުން ފެނުގެ ޚިދުމަތް ކަނޑާލުމާއިގުޅިގެން ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ ފެނައްޖެހިފައި- ފޮޓޯ: ޒިންހުއާ

1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރިއާއި ހުޅަނގު ޤުދުސް ހިޞާރު ކުރުމަށްފަހު, 2005 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން އިސްރާއީލުން ވަކިކޮށްލި ނަމަވެސް، އަބަދުވެސް ފަލަޞްޠީނާއި ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އެކި ގޮތްގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދެއެވެ. މީގެ ތެރޭގައި އެއްގަމާއި ވައިގެ މަގުން އަޅާ ފިޔަވަޅުތައް ހިމެނެއެވެ.