ކުޅިވަރު

އަލްބޭނިއާއާއި މެދު ސަމާލުވާން ޖެހޭނެ - ޑިޝޯމް


ގްރޫޕްގެ ދެވަނަ މެޗްގައި އަލްބޭނިޔާއާ ދެކޮޅަށް ނިކުންނައިރު ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޯމް ބުނެފިއެވެ. 

މެޗްގެ ކުރިން ވާހަކަދައްކަމުން ޑިޝޯމް ބުނީ އަލްބޭނިއާއަކީ އިދިކޮޅު ޓީމްތަކުން ސަމާލު ނުވެއްޖެ ނަމަ އަބަދުވެސް އެހެން ޓީމްތަކަށް ލަނޑުދޭ ޓީމެއް ކަމަށާއި، ކައުންޓަ އެޓޭކްގައި އަލްބޭނިއާ ނުރައްކާ ވާނެ ކަމަށެވެ. 

"ގޮތް ނޭގޭ ޓީމެއް އަލްބޭނިއާއަކީ، ވަރަށް ސަމާލްވާންޖެހޭނެ، މެޗު ފަސޭހައެއް ނުކުރަން" ޑިޝޯމްޕްސް ބުންޏެވެ.

މިދެޓީމް އެންމެ ފަހުން ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެމެޗް އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ އަލްބޭނިއާއެވެ. މިއީ މިދެޓީމްވެސް މިފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖްގައި ކުޅޭ ދެވަނަ މެޗެވެ. 

ފްރާންސް ފުރަތަމަ މެޗް ރޫމޭނިއާ އާ ވާދަކޮށް ކާމިޔާބުކުރިއިރު އަލްބޭނިއާ އަދި ސްވިޒަލޭންޑް ވާދަކުރި މެޗް ކާމިޔާބުކުރީ ސްވިޒަލޭންޑެވެ. 

ފްރާންސާ އަލްބޭނިއާ ވާދަކުރާ މެޗުން އަލްބޭނިއާ ބަލިވެއްޖެނަމަ ދެވަނަ ބުރުގެ ފުރުސަތު އަލްބޭނިޔާއަށް ހަނިވާނެއެވެ. 

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާއާއި ފްރާންސް ވާދަކުރާ މެޗް ފަށާނީ މިރޭ ބާރަ ގަޑި ސުންމިނިޓްގައެވެ. މިމެޗްގެ ޕްރީޝޯވް ފަށާނީ އެގާރަ ޖަހާއިރުއެވެ.