ކުޅިވަރު

ސްވިޒަލެންޑްގެ އަސްލުކުޅުން ރުމޭނިއާ މެޗުގައި ފެންނާނެ-ޕެޓްކޮވިޗް


މިރޭ ސްވިޒަލެންޑާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނަނީ އަލްބޭނިއާ މެޗުގައި ދެއްކި ކުޅުމަށްވުރެން ރަނގަޅު ކުޅުމެއް ދައްކައި، މެޗުން ތިން ޕޮއިންޓް ހޯދަންކަމަށް ރޫމޭނިޔާ ކޯޗް ވްލަޑްމިއަރ ޕެޓްކޮވިޗް ބުނެފިއެވެ. 

ކޯޗް ޕެޓްކޮވިޗް ބުނީ ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލި  އަލްބޭނިޔާއާ ދެކޮޅަށް އޭނާ އެންމެ ބޭނުންވާ ކުޅުން ނުދެއްކުނު ނަމަވެސް މިރޭގެ މެޗުގައި މަންޒަރު ތަފާތުވާނެކަމަށެވެ. އޭނާ ބުނީ އުއްމީދަކީ މިރޭގެ މެޗް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރާ ފުރަތަމަ ޓީމަކަށްވުންކަމަށެވެ. 

"ފުރަތަމަ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު، އެހެންނަމަވެސް މިރޭ މެޗުގައި މަންޒަރު ތަފާތުވާނެ، އަސްލު ސްވިޒަލެންޑްގެ ކުޅުން ފެންނާނެ" ޕެޓްކޮވިޗް ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ރޫމޭނިޔާ ކޯޗް އެންޚެލް އިއޮދެނެސްޗޫ ބުނީ ފުރަތަމަ މެޗުގައި ނަތީޖާ ނުނެރެވުނަސް ދެވަނަ ބުރުގެ އުއްމީދު އެބައޮތްކަމަށެވެ. ފްރާންސް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ދެއްކި ކުޅުން މިރޭ ތަކުރާރުކުރެވިއްޖެނަމަ މިރޭ މެޗް ނިމޭނީ ރުމޭނިއާ ކުރީގައި އޮވެގެންކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނީ ހަގީގަތަކީ ސްވިޒަލެންޑަކީ ރުމޭނިއާއާއި އަޅާ ބަލާއިރު ހުރިހާ ގޮތަކުންވެސް ތަޖުރިބާ ހުރި ޓީމެއްކަމަށާއި، އެހެންނަމަވެސް މެޗުގައި ކާމިޔާބު ގިނަފަހަރަށް ލިބެނީ ބުރަކޮށް މަސައްކަތްކުރާ ޓީމަކަށްކަމަށެވެ.

"ހަގީގަތް ގަބޫލުކުރަން ޖެހޭނެ، ހަގިގަތަކީ ސްވިޒަލެންޑް ހުރިހާ ގޮތަކުންވެސް އަހަރުމެންނަށް ވުރެން ވަރުގަދަ، އެކަމަކު މި މެޗުގައި އަހަރުމެންވެސް ވަކި ދަށެއް ނުވާނެ" ރުމޭނިއާގެ ކޯޗް ބުންޏެވެ. 

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑާއި ރުމޭނިއާ ވާދަކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރެވެ.