ޚަބަރު

އީ-ވޯޓިންގ ނިޒާމެއް ތަޢާރަފްކުރަން އެއްބަހެއް ނުވަން- އެމްޑީޕީ


އަންނަ ޖެނުއަރީ މަހު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އީ-ވޯޓިންގ ނިޒާމެއް ތަޢާރަފްކުރައްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވާއިރު، އެ ނިޒާމްގައި ބައިވެރިވާން އެޕާޓީން ސަރުކާރާއެކު އެއްބަސްވެފައި ނުވާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. 

މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޕާޓީގެ އިންތިޚާބުތަކާބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އިބްރާހީމް މަނިކު ވިދާޅުވީ، އީ-ވޯޓިންގއާ ގުޅޭގޮތުން އެޕާޓީން އިލެކްޝަންސް ކޮމިޝަނާއެކު ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައިވާކަމަށެވެ. 

ނަމަވެސް، އެ ނިޒާމް ބޭނުންކުރާ އިންތިޚާބުތަކުގައި އެޕާޓިން ބައިވެރިވާނެކަން އެއްބަސްވެފައި ނުވާނެކަމަށް މަނިކު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންބޮޑުވުންތަކެއް އެކޮމިޝަނާ ޙިއްޞާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ހުރަސް އޮތްކަމަށް ބުނެ އެޕާޓީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.