ދުނިޔެ

ވިއްސާރައިގެ ސަބަބުން އިންޑިޔާގައި 11 މީހުން މަރުވެއްޖެ


އިންޑިޔާގެ ބިހާރު ސްޓޭޓަށް އާދަޔާ ޚިލާފަށް މޫސުންގޯސްވެ ހިގި އެކިހާދިސާތަކުގައި 11 މީހުން މަރުވެއްޖެއެވެ.

މީގެ ތެރެއިން 5 މީހުން މުޒައްފަރު ޕޫރުން މަރުވެފައިވާއިރު، ޕަތުނާއިން 3 މީހުން އަދި ސިވަން ޑިސްޓްރިކްޓުން 3 މީހުން މަރުވެފައިވެއެވެ. ބޯވިއްސާރައިގެ ސަބަބުން ބައެއް ރޭލް ސްޓޭޝަންތަކުން ދަތުރުތައްވެސް މެދުކަޑާލަން ޖެހުނު ކަމަށް ޒިންހުއާ ޚަބަރުދެއެވެ.

ފާއިތުވި ދެތިންމަސްދުވަހަކީ އިންޑިޔާގެ ގިނަ ހިސާބުތަކަށް ވަރަށް ހޫނުގަދަ ދުވަސް ތަކަކަށް ވެގެންގޮސްފައި ވީނަމަވެސް ގިނަ ހިސާބުތަކަށް މިދިޔަ ހަފްތާގައިވަނީ ވިއްސާރަވެހެން ފަށާފައެވެ. ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިޔާގެ ވިއްސާރަމޫސުން އާންމުގޮތެއްގައި ދެމިގެންދާނެއެވެ.