ޚަބަރު

ހިތަދޫގައި ހިންގި މާރާމާރީއެއްގައި 5 މީހަކަށް އަނިޔާވެއްޖެ


އައްޑޫސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގައި 5 މީހަކަށް އަނިޔާވެއްޖެއެވެ.

މި މާރާމާރީ ހިންގާފައިވަނީ ހިތަދޫ ވައިލެޓް މަގުގައި މިރޭ 12:00 އެހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި 5 މީހަކަށް އަނިޔާވެ ހޮސްޕިޓަލްުގައި ފަރުވާދެމުންދިޔަ ނަމަވެސް މި މާރާ މާރީގައި ޒަޚަމް ވެފައިވަނީ އެކަކު ކަމަށެވެ. އަދި މި މާރާމާރީއާއި ގުޅިގެން އަނިޔާވި އަނެއް 4 މީހުންނަކީ އެހެނިހެން ގޮތްގޮތުން އަނިޔާވި މީހުންކަމަށެވެ.

މި މާރާ މާރީއާއި ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.