ޚަބަރު

އެޗްޑީކޮށް ޔޫރޯ ދެއްކުމުގެ ފުރުޞަތު ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް


ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ޔޫރޯ 2016ގެ ހައި-ޑެފިނީޝަން ސިގްނަލް ހޯދުމަށް އެދުމުގެ ފުރުޞަތު ޕީއެސްއެމް އިން ހުޅުވާލައިފިއެވެ.

މިފަހަރުގެ ޔޫރޯ ގެ މެޗްތައް އެންމެ ރަނގަޅު ކޮލެޓީގައި ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ޕީއެސްއެމް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޕީއެސްއެމް އިން ވަނީ ޔޫރޯގެ ހުރިހާ މެޗެއް ހިލޭ އެޗްޑީކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މިގޮތުން އަތޮޅު ތަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ދޫކުރާ ފަރާތްތަކުން، އެފަރާތަކީ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ ލިއުމަކާއި، ގުޅޭނެ ނަންބަރެއް ހިމެނުމަށްފަހު، ޔޫރޯ 2016ގެ އެޑީ ސިގްނަލް ބޭނުންވާކަމަށް އެދި [email protected] އަށް މެއިލް ކުރުމުން އެކަން ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތް ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ޕީއެސްއެމް އިން ދޫކުރުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ.