ޗައިނާގެ ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގަ ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ޔަނިކް ސިނާ، ނޯވަކް ޖޮކޮވިޗް އަދި ކާލޮސް އަލްކަރާޒް ހޯދައިފިއެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު ހުރި އިޓަލީގެ ސިނާ މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޖަޕާން ޓާރޯ ޑެނިއަލް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއިއެކު ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި ތިންވަނަ އަށް ސީޑް ކޮށްފައިވާ ސްޕެއިންގެ އަލް ކަރޭޒް ތިންވަނަ ބުރަށް ކޮލިފައި ވެފައިވަނީ ޗައިނާގެ ޝެން ޖުންގޗެން އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސަރބިއާގެ ނޯވަކް ޖޮކޮވިޗް މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ އެލެކްސް މިޗެލްސަން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ޖުމްލަ ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ މެޗަށްފަހު ޖޮކޮވިޗް ތިންވަނަ ބުރުގައި ވާދަކުރާނީ ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެކޮޅަށެވެ. އޭނާ ތިންވަނަ ބުރަށް ކޮލިފައިވެފައިވަނީ އިޓަލީގެ ބެލޫޗީ ބަލިކުރުމަށްފަހުގަ އެވެ.