ބެއިޖިންގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އެމެރިކާގެ އެމާ ނަވާރޯ ކަޓައިފިއެވެ.
ދުނިޔޭގެ ރޭންކިންގެ އަށްވަނައިގައި އަދި ނިމިދޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވާ ނަވާރޯ މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވަނީ ޗައިނާގެ ޝުއާއީ ޒޭން އަތުން 6-4 އަދި 6-2 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. މިއީ 24 މެޗަށްފަހު ޒޭން މޮޅުވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ދެވަނަ އަށް ސީޑް ކޮށްފައިވާ ޖެސީ ޕެގޯލާ ވަނީ ފްރާންސްގެ ޑިއާން ޕެރީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ހައެއް އެކެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގައި ޖެސިކާ ޕެގޫލާ އާއި ދެކޮޅަށް ނިކުންނާނީ ވެރޯނިކާ އެވެ.
މީގެ އިތުރުން ހަތަރު ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ނައޯމީ އޮސާކާ ވަނީ މި މުބާރާތުގައި 21 ވަނައަށް ސީޑްކޮށްފައިވާ ޔޫލިއާ ޕުޓީންޓްސޭވާ އާއި ދެކޮޅަށް ކުޅުނު މެޗު 3-6, 6-4 އަދި 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މިއީ އާ ކޯޗުގެ އިރުޝާދުގެ ދަށުން އޭނާ ވާދަކުރާ ފުރަތަމަ މުބާރާތެވެ.