ޚަބަރު

ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަނީ


  • އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލެ ފްލެޓު ނަމްބަރު 205-2-35ގައި

  • އެންމެ ފަހުން ފެނިފައި ވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން

ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހއ. ހޯރަފުށީ، ހީރާ، އުމުރުން 30 އަހަރުގެ މުޙައްމަދު ސާއިފް މިހާރު ދިރިއުޅެނީ ހުޅުމާލެ ފްލެޓު ނަމްބަރު 205-2-35 ގައެވެ.

ސާއިފް އެންމެ ފަހުން ފެނިފައި ވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސާއިފްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.