ޚަބަރު

ރީހެބިލިޓޭޝަނާ ގުޅޭ ސެމިނާއެއް އެމްއެންޔޫގައި މާދަމާ ފަށަނީ


  • ރާއްޖޭގައި ރިހެބިލިޓޭޓްކުރުމުގެ ސިއްޙީ އެހީތެރިކަން ލިބުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކާނެ

  • ސެމިނާރ އޮންނާނީ މާދަމާ އެމްއެންޔޫގައި

"ދިވެހިރާއްޖޭގެ ހާލަތު"ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ރީހެބިލިޓޭޝަންއާ ގުޅޭ ސެމިނާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މަތީ ތައުލީމާއި މަސައްކަތް ތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސެމިނާގައި، ވޯލްޑް ހެލްތް އޯގަންއިޒޭޝަން (ޑަބްލިއުއެޗްއޯ) އިން "ރިހެބިލިޓޭޝަން 2030 އިނީޝިއޭޓިވް"ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވާލާނެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދިމާވާ ބައްޔެއްގެ ސަބަބުން ނުވަތަ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ނުވަތަ އެނޫން އެހެން ހާލަތެއް މެދުވެރިވެގެން ނަމަވެސް އާންމު މުޖުތަމަޢުގައި ދިރިއުޅުމަށް ނުކުޅޭދިފައިވާ ފަރާތްތަކަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮއްދިނުމެވެ.

މީގެ އިތުރުން، މިފަދަ ހާލަތްތަކުގައި ދިރިއުޅޭމުންދާ ދިވެހިންނާއި، ދިވެހިރާއްޖޭގައި ރިހެބިލިޓޭޓްކުރުމުގެ ސިއްޙީ އެހީތެރިކަން ލިބުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ސެމިނާގައި މަޢުލުމާތު ހިއްސާކުރައްވާނެކަމަށް މަތީ ތައުލީމާއި މަސައްކަތް ތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ސެމިނާގައި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހެޑް އޮފް ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން ސައިންސަސް، މުޙައްމަދު ނިމާލްއާއި ސިއްހަތާ ބެހޭ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސެސް، ޑރ. އަޙްމަދު އަޝަރަފްގެ އިތުރުން މޯލްޑިވިސް އެލައިޑް ހެލްތްގެ ނައިބު ރައީސް އަދި އައިޖީއެމްއެޗްގެ ޕްރިންސިޕަލް ފިޒިޔޯތެރަޕިސްޓް، ޑރ. ޢާއިޝަތު މަޙްފޫޡާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މަތީ ތައުލީމާއި މަސައްކަތް ތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އެމްއެންޔޫގެ ބީ ބްލޮކް އޮޑިޓޯރިއަމްގައިކަމަށެވެ.