ޚަބަރު

ވައިގެމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • ފެނިފައިވަނީ ހެރޮއިން، މެތްއެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯން

  • މި ތަކެތި އަތުލައިގަތީ އިއްޔެ

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތްތައްކަމަށްވާ ހެރޮއިން، މެތްއެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯންކަމަށެވެ.

އެގޮތުން ހެރޮއިންގެ 3.05 ކިލޯގްރާމް، މެތްއެމްފެޓަމިން 315 ގްރާމް އަދި ސިނެތެޓިކް ކެތިނޯން 215 ގްރާމް ވަނީ ހޯދާފައެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.58 ކިލޯގްރާމް ހުއްޓެވެ.

މި ތަކެތި އަތުލައިގެންފައިވަނީ އިއްޔެއެވެ.