ޚަބަރު

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ


  • މި މައްސަލާގައި ހޯދަމުންދަނީ 25 އަހަރުގެ މުސްލިމް ޢަބްދުﷲ

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ ދަފްތަރު ނަންބަރު ދރ 2840، އުމުރުން 25 އަހަރުގެ މުސްލިމް ޢަބްދުﷲ އެވެ.

މުސްލިމް ޢަބްދުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މުސްލިމް ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެކަން ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެއެވެ.