ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ


  • މި ހާދިސާގައި އަނިޔާވި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުން

  • މި ހާދިސާ ހިނގީ 2 ސައިކަލު ޖެހިގެން

މާލެއިން ހުޅުމާލެއަށް އަރާ ހައިވޭ ސަރަޙައްދުގައި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރެއެވެ.

ފުލުހުން ވިދާޅުވީ، މިރޭ ހުޅުމާލޭ ހައިވޭ ކައިރި އިންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން އަންހެނަކާއި ފިރެހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.