ޚަބަރު

އެކުއެޑޯގެ މައްޗަށް ބްރެޒިލުން ކުރި ހޯދައިފި


ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ސަރަހައްދުގައި މިއަދު އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްގެ ކުރިތިބާ ގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިގޯ އެވެ.

ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވާ މި މެޗުގައި ބްރެޒިލްގެ ކޯޗު ވަނީ އުމުރުން 17 އަހަރުގެ އެސްޓެވާއޯ އަށް ކުޅެން ފުރުސަތު ދީފައެވެ.

މި މެޗުން މޮޅުވުމާއެކު ބްރެޒިލް އަށް ވަނީ ކޮލިފައިންގައި 10 ޓީމު ހިމެނޭ ގްރޫޕްގެ ހަތަރުވަނަ ލިބިފައެވެ. ބްރެޒިލް އަށް ވަނީ މިހާތަނަށް ކުޅުނު 7 މެޗުން 10 ޕޮއިންޓް ލިބިފައެވެ.

ކޮލިފައިންގައި މިއަދު އުރުގުއޭ އާއި ޕެރަގުއޭ ބައްދަލު ކުރި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.

އުރުގުއޭގެ މޮންޓެވީޑިއޯ ގައި ކުޅުނު މި މެޗުގައި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ވަނީ ކުޅެފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗެވެ. އަދި އެކަން ފާހަގަ ކުރުމުގެ ގޮތުން މެޗުގެ ކުރިން ވަނީ އޭނާއަށް ޚާއްސަ ކަންތައްތަކެއް ކުރިއަށް ގޮންގޮސްފަ އެވެ.

ކޮލިފައިންގައި އުރުގުއޭ މިހާތަނަށް ކުޅުނު 7 މެޗުން އެ ޓީމަށް ވަނީ 14 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް އާޖެންޓީނާ އަށް 7 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.