ޚަބަރު

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ޢާންމުކޮށްފި


  • އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ނިޔާވެފައި

ހުޅުމާލޭގެ އެކްސިޑެންޓާގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ޢާންމުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 02:48 ހާއިރުއެވެ. އަދި އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

ފުލުހުން ދަނީ އެކްސިޑެންޓްގެ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.