ޚަބަރު

ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ރައީސް ބައިވެރިވެއްޖެ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއާއި އަނބިކަބަލުން ފާތިމަތު އިބްރާހީމް މިއަދު މެލޭޝިޔާގައި ފެށި ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް- ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން "ޤައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތަޢުލީމް"، މި މަޢުލޫއަށް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ޤައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު މެލޭޝިޔާއާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.