ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ


  • ނިޔާވީ 23 އަހަރުގެ ދިވެހި ފިރިހެނެއް

ހުޅުމާލޭގައި އެކްސިޑެންޓު ހިނގި ސަރަޙައްދު--

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބުނީ ރޭ 02:48 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި ނިޔާވި ޒުވާނާ--

އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުންނަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެކްސިޑެންޓްގެ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.