ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި


ޕާކިސްތާނުގެ ބޮޑުވަޒީރު، މުޙަންމަދު ނަވާޒް ޝަރީފް އާލާސްކަންފުޅާ އުޅުއްވާ، އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އާލާސްކަންފުޅާ އުޅުއްވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މާތްﷲ އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.