ރާއްޖެއަށް މިހާރު ކުރިމަތިވެގެން އުޅޭ އިޤްތިޞާދީ ދަތިތައް ކުރިމަތިވީ އެމްޑީޕީން ގެންގުޅުނު ސިޔާސަތުތަކެއްގެ ސަބަބުންކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެކަންކަމުން އަރައިގަތުމަށް ޤައުމު ބިނާކުރައްވަމުންކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޑީޕީއަށް އިޝާރާތްކުރައްވައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ޤައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވަމުންކަމަށްވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ދިވެހި ޤައުމު ބިނާކުރެއްވުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާކަން ނައިބު ރައީސް ވިދާޅުވިއެވެ.
ޤައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި ރައްޔިތުން އެދޭ ގޮތަށް ދިވެހި ޤައުމު ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުން. pic.twitter.com/7nh4ZrkcJO
— Hussain Mohamed Latheef (@HucenSembe) August 27, 2024
އިޤްތިޞާދީ ދަތިތައް ކުރިމަތިވީ އެމްޑީޕީގެ ސަބަބުންކަމަށް ނައިބު ރައީސް ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.