ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީގެ ކުރިންވެސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި މިފަހަރު ސިންގަޕޫރަށް ވަޑައިގަންނަވަނީ އަލާސްކަންފުޅާ އުޅުއްވާތީކަަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތައް ދޮގުކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ ޖަގަހަ ޖަލްސާގައި އެމަނިކުފާނަށް ނިސްބަތްކޮށް އެތައް ދޮގުތަކެއް ފަތުރާކަން ފާހަގަކުރައްވައި އެކަންކަން ދޮގުކުރައްވާފައެވެ. އަދި ބަޔަކު ޚަބަރެއް ފެތުރި ނަމަވެސް އެކަމުގެ ތެދު ދޮގު ބެލުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ 3 ޤައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެއީ ތުރުކީވިލާތާއި އެކުވެރި އަރަބި އިމާރާތާއި ޗައިނާއަށެވެ.