ތަޢުލީމު

އިހަވަންދޫ ސްކޫލުގައި 12 ކުލާސްރޫމު އިމާރާތް ކުރަނީ


ހއ އިހަވަންދޫ ސްކޫލުގައި 12 ކުލާސްރޫމު އިމާރާތް ކުރެއްވުމަށްްް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލކުރައްވައިފިއެވެ.

އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢުއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ މުހައްމަދެވެ.

3 ބުރީގެ މި ޢިމާރާތްކުރެއްވުމަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓީން މަޢުލޫމާތުދެއްވައެވެ. މި އިމާރާތުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ އޭޕްރީލް މަހު ބޭނުން ކުރަން ފެށޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިހަވަންދޫ ސްކޫލުގައި 12 ކްލާސްރޫމު ޢިމާރާތެއް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި  ރަސްމިޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވިދާޅުވީ އިހަވަންދޫ ސްކޫލަކީ ކިޔަވާ ކުދިންގެ އާބާދީ ބޮޑު ސްކޫލެއްކަމަށާއި، މި ސްކޫލުގައި  އަށްސަތޭކައަށް ވުރެ ް ގިނަ ކުދިން ތަޢުލީމު ހާސިލް ކުރަމުންދާކަމަށެވެ. އަދި މިއަދު ސޮއިކުރެވިގެންދިޔަ 12 ކްލާސް ރޫމުގެ މަސައްކަތް ނިމި، ބޭނުން ކުރަން ފެށުމުން މިހާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ޝަފީޢު ވިދާޅުވިއެވެ.