ޚަބަރު

އިންޑިއާގެ އަސްކަރީ މަނަވަރު "ކުތާރު" ރާއްޖެ އަތުވެއްޖެ


އިންޑިއާގެ އަސްކަރީ މަނަވަރު "ކުތާރު" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އައިއެންއެސް ކުތާރު ރާއްޖެ އަށް މިކުރާ ދަތުރުގައި، އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ޖޮއިންޓް ސަރވިސް ޕެޓްރޯލެއް ކުރިއަށްގެންދަވާނެކަމަށް އެމްއެންޑީއެފުން ވިދާާޅުވެއެވެ. މި ޖޮއިންޓް ސަރވިސް ޕެޓްރޯލްގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ސަރވައިލަންސް އޮޕަރޭޝަނެއް ހިންގެވުމަށް ހަމަޖެހިފައިވާކަމަށާއި މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބައްލަވާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14640912901330.jpg|އައި.އެން.އެސް ކުތާރު މާލެ ފަޅުގައި / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސަރވިސް ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އައިއެންއެސް ކުތާރު މި ދަތުރު ނިންމާލުމަށްފަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.