ކުޅިވަރު

އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް: އެޗްޑީސީ އާއި އެމްއެންޑީއެފް އަށް ރަނގަޅު ފެށުމެއް


އިންޓަރ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ފެށުން އެންމެ ފަހުގެ ޗެމްޕިއަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ މައްޗަށް އެޗްޑީސީ ކުރިހޯދީ 3-1 ސެޓުންނެވެ. ރޭ ކުޅުނު މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ 25-12, 21-25, 25-19 އަދި 25-15 އިންނެވެ.

އަދި އިއްޔެ ހަވީރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މައްޗަށް އެމްއެންޑީއެފް ވަނީ 3-2 ގެ ނަތީޖާއަކުން ކުރިހޯދާފަވެ. މި މެޗުގެ ސެޓުތައް ދިޔައީ 24-26, 25-21, 26-28, 25-18 އަދި 15-12 އިންނެވެ.

ހުޅުމާލޭ އެޗްޑީސީ ޕާކް ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ އެޗްޑީސީ، ޕޮލްކޯ، އެމްއެންޑީއެފް އަދި ސްޓެލްކޯގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ. މިދިޔަ އަހަރު އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް ބާއްވާފައިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިދިޔަ އަހަރު ތަށި ހޯދީ ކްލަބް އާބަންކޯ (މިހާރު އެޗްޑީސީ) އިންނެވެ. އެއީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.