ބުރާސްފަތި ދުވަހު ވެއްޓުނު އިޖިޕްޓް އެއަރގެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތުގައި އިތުރު ޤައުމުތަކުގެ އުޅަނދުތައް ބައިވެރިވެއްޖެއެވެ.
އެންމެ ފަހުން ސިސިލީގެ މެރިޓައިމް ޕެޓްރޯލް އެއަރ ކްރާފްޓެއް މި މަސައްކަތުގައި ބައިވެރިވެފައިވާއިރު ފަރަންސޭސި ވިލާތުގެ އިތުރުން ގްރީސްއާއި އެމެރިކާއިންވެސް މި މަސައްކަތުގައި ދަނީ ފުޅާ ދާއިރާއެއްގައި ބައިވެރިވަމުންނެވެ.
ފަރަންސޭސި ވިލާތުގެ ޕެރިހުން ފުރައިގެން މިސްރުގެ ވެރިރަށް ޤާހިރާޔަށް ދަތުރު ކުރަނިކޮށް މެޑިޓަރޭނިއަން ކަނޑަށް ވެއްޓުނު މަތިންދާ ބޯޓުގެ ބައެއް ބައިތަކާ ފަސިންޖަރުންގެ ބައެއް ތަކެތި ކަނޑުމަތިން ވަނީ ފެންނަން ފަށާފައެވެ. އަދި އިއްޔެ ވަނީ ބައެއް މީހުންގެ ހަށިތައްވެސް ފެނިފައިވެއެވެ.
ބޯޓް ވެއްޓުމުގެ އިރުކޮޅެއް ކުރިން ބޯޓުގެ ފަހަތު ކޮޅުން ދުން އަރާފައިވާކަމަށް ތަހުޤީގުން މިހާތަނަށް ހާމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވިކަމެއް ނުވަތަ ނުވާކަމެއް އަދިވެސް ސާފުނުވާކަމަށް ޚަބަރުތައް ބުނެއެވެ. ވެއްޓުނު އީޖިޕްޓް އެއަރ މަތިންދާ ބޯޓުގައި 60 ފަސިންޖަރުންނާ ފަޅުވެރިން ދަތުރު ކުރަމުން ދިޔައެވެ.